ގޮނޑި ގެއްލަވާލި 12 މެމްބަރުން ، ސިޔާސީ ވަކި ޕާޓީއެށް؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފަހަކަށް އައިސް އެންމެ ބާރަށް ދެކެވެމުން އައި ވާހަކައަކީ ރާއީސް ޔާމިން ގޮނޑި ގެއްލުވާލި ކަމަށް ބުނާ 12 މެމްބަރުގެ ވާހަކައެވެ. 12 މެމްބަރުންގެ ގޮޑީގެ މައްސާލާއާއި އެކު ސިޔާސީ ގޮތުން ބޮޑު ބަދަލް ތަކެއް އައިސްފައިކަން ވަނީ ފާހަގަ ކުރެވިފައެވެ. ރާއީސް ޔާމިން ރިޔާސީ އިންތީހާބުން ބަލިވުމާއިއެކު 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކޯޓުންވަނީ ހުކުމް ކޮށްފައެވެ.
ރާއީސް ޔާމިންގެ ވެރިކަން ބަދަލް ކުރުމަށްޓަކައި 12 މެމްބަރުން ވަނީ ބުރަ އެތަށް މަސައްކަތް ތަކެއް ކޮށްފައެވެ. ވެރިކަން ބަދަލް ވުމަށް ފަހުވެސް ބާރަ މެމްބަރުން ދިޔައީ ސިޔާސީ ގޮތުން ކުރަމުން އައި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރައީސް ޔާމިންގެ އިތުބާރު ނެއްކަމުގެ ވޯޓް ނެގުމަށް މަސައްކަތް ކުރެވުނެވެ. އަދި މިހާރުވާނީ ރައްޔިތުންގެ މަޖިލީސްގެ ކުރީގެ ރައީސް އަބުދުﷲ މަސީހުގެ މައްސަލަ ޕޮލިހަށް ހުށައަޅަފައެވެ.
12 މެމްބަރުގެ މަސައްކަތް އެތަށް ބައެއްގެ ތަރުހީބް ލިބުނު ނަމަވެސް މީހާރު އެބޭފުޅުން ނަށްދަނީ ތަފާތު ފާޑުކިއުންތަށް އަމާޒުވަމުންނެވެ. ބައެއް ފަރާއްތްތަކުން ގަބޫލްކުރާގޮތުގައި މިހާރު ރައީސް ޔާމިންގެ އިތުބާރު ނެއްކަމުގެ ވޯޓްނަގައި ބޭކާރު ވަގުތު ހޭދަކޮށް ބަދަލް ހިފުމުގެ ގޮތުގައި ކަންކުރުމަށް ވުރެން ގައުމު އިސްކުރުން ބުއްދިވެރިކަމަށެވެ. އަދި ގައުމު ބިނާކުރުމުގައި ވަގުތު ހޭދަކުރުން ރަނގަޅު ވާނެ ކަމަށެވެ.
ވޮއިސް އާއި ވާހަކަ ދައްކަވަމުން މަޖިލީސް މެމްބަރަކު ވިދާޅުވީ 12 މެމްބަރުންނެކޭ ވަކި ސިޔާސީ ޕާޓީ އެކޭ އެއްގޮތޭ، އެބޭފުޅުނަށް އެބަޖެހޭ އެވެނިކަމެށް މިވެނިކަމެށް ކޮށްދޭން. 12 މެމްބަރުނާއި ގުޅޭގޮތުން މިހާރު ޖެހިގެން އޫޅޭ މައްސަލައަކީ ޕްރައިމަރީ އަކައި ނުލައި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ޓިކެޓް ދިނުމުގެ މައްސަލައެވެ.
ކުރީގެ ރައީސް ނަސީދު 12 މެމްބަރުނާއި ބައްދަލް ކުރުމަށްފަހު ވިދާޅުވީ ސަރުތަކާ އަދި ޕްރައިމާރީ އަކައި ނުލާ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ޓިކެޓް އެ މެމްބަރުން އަށް ދޭނެކަމަށެވެ. އަދި ރައީސް މައުމޫން ވެސް މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ 12 މެމްބަރުން އަށް ޓިކެޓް ދޭން ކޯލިސަން އިން ވާނީ އެއްބަސްވެ ފާ ކަމަށެވެ.
ރާއީސް ނަޝީދު އަދި ރައީސް މައުމޫންގެ ވާހަކަ އާއިއެކު އާންމުންގެ ފާޑުކިއުން ދާނީ 12 މެމްބަރުނަށް އަމާޒުވަމުންނެވެ. އަދި އެއީ ޑިމޮކްރަސީގެ ވިސްނުމާއި ހިލާފުކަމެށް ކަން އެކި ޕާޓީތަކުގެ އިސްބައެއް ބޭފުޅުންވެސް ދަނީ ބުނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް