ޖަރުމަނުގެ ސްޕެޝަލްފޯސް ހަރަކާތްތެރިވަނީ: ފޮޓޯ/ އަލަ-ޖަޒީރާ
ޖަރުމަނުގެ ސްޕެޝަލްފޯސް ހަރަކާތްތެރިވަނީ: ފޮޓޯ/ އަލަ-ޖަޒީރާ
ދުނިޔެ 25 Aug 2024 | 05:46

ޖަރުމަނުގެ ފެސްޓިވަލް ތެރެއިން ބަޔަކަށް ވަޅިން ހަމަލާދިނީ އައިއެސްއިން ކަމަށް ބުނެފި!

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ޖަރުމަނުގެ ސޮލިންގެންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅިން ދިން ހަމަލާގެ ޒިންމާ އައިއެސްއައިއެލް (އައިއެސް) އިން އުފުލާފައިވާ ކަމަށް އެ ޖަމާއަތުގެ އަމާކް ނިއުސް ސައިޓުން ބުނެފި އެވެ.

މި ހަމަލާގައި ވަނީ ތިން މީހުން މަރާލައި އަށް މީހަކު ޒަހަމްކޮށްލާފައެވެ.

ހޮނިހިރު ދުވަހު އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާ ދިނީ ކްރިސްޓިއަނުންނަށް ކަމަށާއި އެއީ "ފަލަސްތީނާއި ހުރިހާ ތަނެއްގައި ތިބި މުސްލިމުންގެ ބަދަލު ހިފުމުގެ ގޮތުން" ދިން ހަމަލާއެއްކަމަށެވެ.

އަދި މި ހަމަލާ ދިންނީ "އިސްލާމިކް ސްޓޭޓްގެ ސިފައިންގެ މީހެއް" ކަމަށްވެސް ވަނީ އެމީހުން ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދިންހަމަލާ އަމާޒުކޮށްފައިވަނީ ސޮލިންގެންގެ 650 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފެސްޓިވަލްއަށް އެތައް ހާސް ބަޔަކު ސެންޓްރަލް ސްކޮއާއަކަށް ޖަމާވެފައި ވަނިކޮށެވެ.

މި ހަމަލާގައި މަރާލާފައިވަނީ އަންހެނަކާއި ދެ ފިރިހެނުންނެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުގެ ކައުންޓާ ޓެރަރިޒަމް ސެކްޝަންގެ މާކަސް ކެސްޕާސް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހަމަލާދިން މީހާ އަދި އެއިދާރާތަކުން ފެނިފައި ނުވާ ކަމަށެވެ.

މިކަމާގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ 15 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ކެސްޕާސް ބުނީ އޭނާ ހައްޔަރުކުރީ މިހާދިސާ ފެނުނު 2 އަންހެނުން ފުލުހުންނަށް ދިން މައުލޫމާތުގެ ސަބަބުންކަމަށެވެ.  އެ މީހުން ބުނީ ހަމަލާ ދިނުމުގެ ކުރިން އެ ކުއްޖާ އާއި ނުދަންނަ މީހަކާ ދެމެދު ދެކެވުނު ވާހަކައެއް އަޑުއަހާފައިވާ ކަމަށާއި، އޭގެ ފަހުން ހިނގި ހާދިސާތަކާ އެއްގޮތްވާ ގޮތުގެ މަތިން ވާހަކަ ދައްކާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް