N/A
N/A
ހަބަރު 27 Oct 2018 | 08:09

ޑިގިއާ ޔުނައިޓެޑުގައި މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް

މެންޗެސްޓާ ޔުނައިޓެޑުގެ ގޯލް ކީޕަރު ޑޭވިޑް ޑިގިއާ ކްލަބުއާއިއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކޯޗް މޮރީނިއޯ ބުނެފިއެވެ.

ޑިގިއާ ކްލަބުގައި މަޑުކުރާނެކަމުގެ ޔަގީންކަން އެބަ އޮތްތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން މޮރީނިއޯ ބުނެފައިވަނީ އެއްވެސް ޔަގީންކަމެއް ނެތްކަމަށާއި އެ ސުވާލަށް އެންމެ ރަނގަޅު ޖަވާބެއް ދެވޭނީ ޑިގިއާށާއި ކްލަބުގެ މެނޭޖްމެންޓަށް ކަމަށެވެ.

ހަތަރު ފަހަރު ޔުނައިޓެޑުގެ މޮޅު ކުޅުންތެރިޔާކަން ހޯދާފައިވާ ޑިގިއާއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑް މިހާރު އޮތް ފެންވަރަށް ވުރެ މައްޗައް ދިއުމަށް ޑިގިއާގެ ކޮންޓްރެކްޓް އައު ކުރުން ވަރަށް މުހިންމުކަމަށްވެސް މޮރީނިއޯ ފާހަގަކޮށްފައިވެއެވެ.

2011 ވަނަ އަހަރު ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑުން 18.9 މިލިއަން ޕައުންޑަށް ޔުނައިޓެޑައި ގުޅުން ޑިގިއާގެ އެއްބަސްވުން މި ސީޒަން ނިމޭއިރަށް ހަމަވާއިރު 2020 ވަނަ އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ކްލަބަށް އެބޯތެވެ.

މާޝިއަލް، މަޓާ، އަދި ވެލެންސިއާއާއި އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުންތައްވެސް މި ސީޒަން ނިމޭ އިރަށް ހަމަވާނެއެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމުގައި ދެމިހުރެއްޖެ ނަމަ އޭނާ ބޭނުންވާނީ މިހާރުގެ ސްކްޑުގައި ތިބި ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާ އައު ކުޅުންތެރިންތަކެއް ގަތުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.