މީރާ
މީރާ
ވިޔަފާރި 07 Aug 2024 | 07:57

ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: މީރާ

އާމްދަނީގެ ގޮތުގައި އެކި ފަރާތްތަކުގެ އަތުން ދައުލަތުގެ ބައިތުލްމާލަށް، ޖުމްލަ 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ނުލިބި އެބައޮތްކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައިވާގޮތުން، ސަރުކާރުގެ ހިއްސާއޮންނަ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް 5.5 ބިލިޔަން ރުފިޔާ ޓެކްސް ގެ ގޮތުގައި ލިބެން ޖެހޭއިރު، ޓެކްސްގެ އިތުރުން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 4.4 ބިލިޔަން ރުފިޔާ ލިބެން ޖެހެއެވެ.

ޓެކްސް ގެ ގޮތުގައި މީރާއަށް ލިބެންޖެހޭ ފައިސާ:

1) އިންކަމް ޓެކްސް – 868 މިލިޔަން ރުފިޔާ

2) ޓީޖީއެސްޓީ – 1.3 ބިލިޔަން ރުފިޔާ

3) ޖީޖީއެސްޓީ – 2.4 ބިލިޔަން ރުފިޔާ

4) އެހެނިހެން ޓެކްސް – 918 މިލިޔަން ރުފިޔާ

ޓެކްސް ނޫން އާމްދަނީން ލިބެންޖެހޭ ފައިސާ:

1) ރިސޯޓުތަކުގެ ކުލި – 4.2 ބިލިޔަން ރުފިޔާ

2) އެހެނިހެން – 187 މިލިޔަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބެންޖެހޭއިރު، ޓެކްސް ނޫން އެހެނިހެން އާމްދަނީގެ  21 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް މީރާގެ ރިޕޯޓުން ދައްކައެވެ.

މި ރިޕޯޓަށް ބަލާއިރު، ޓެކުހާއި ގުޅޭ 1029 މައްސަލައެއްގައި ޖޫރިމަނާ މާފްކޮށްދީފަައިވާއިރު، މައާފްކުރި ޖޫރިމަނާގެ އަގު ގާތްގަނޑަކަށް 63 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުންވެސް ޓެކްސް ނުދެއްކުމުގެ ސަބަބުން ކޯޓަށް މައްސަލަތައް ހުށަހަޅައިގެން މީރާއިން ކުރި މަސައްކަތުގެ ތެރެއިން އެ އިދާރާއިން 639 މިލިޔަން ރުފިޔާ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމަކީ ޓެކްސްގެ ނިޒާމަށް ލިބުނު ކުރިއެރުމެއް: މާލީ ވަޒީރު
01 Oct 2026 ހަބަރު

މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމަކީ ޓެކްސްގެ ނިޒާމަށް ލިބުނު ކުރިއެރުމެއް: މާލީ ވަޒީރު

މީރާއިން މިއަދު ތައާރަފުކުރި މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އަކީ ފަތުރުވެރިންގެ ޑޭޓާ އެއް ވިއުގައަކުން ދައުލަތުގެ މާލީ އިދާރާތަކާ ގުޅުވައިދޭ ވަރަށް މުހިންމު ވަސީލަތެއް ކަމަށް...

ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް؛ މީރާއިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ތަޢާރަފުކޮށްފި
01 Oct 2026 ހަބަރު

ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް؛ މީރާއިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ތަޢާރަފުކޮށްފި

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމް.ޖީ.އައި.އެސް) ރަސްމީކޮށ...

ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
21 Sep 2026 ހަބަރު

ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި

ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ. މި ލިސްޓުގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ...

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހް ތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ: ރައީސް
31 Aug 2026 ހަބަރު

ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހް ތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ: ރައީސް

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަ...

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު، ޓެކުހުން ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ
22 Aug 2026 ހަބަރު

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު، ޓެކުހުން ލިބުނު އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެއްޖެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ހާމަކޮށްފިއެވެ. ޓެކްސް އިދާރާގެ ހިސާބުތަކުން ދައްކާ...

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި
10 Aug 2026 ހަބަރު

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލ...