ރައީސް ޔާމީން އިންތިހާބުން ވައްކަން ކުރި: އަލްހާން ފަހުމީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ޔާމީން އިންތިހާބުން ވައްކަން ކުރިކަމަށާއި އެކަން ސާބިތު ކޮއްދެވޭވަރުގެ ހެކި ހުރިކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކޫރީގެ މެންބަރު އަލްހާން ފަހުމީ ތުހުމަތު ކުރައްްވައިފިއެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ރިޔާސީ އިންތިހާބުން ވައްކަން ކުރެއްވި ކަމަށް ސާބިތުވާ ވަރަށް ހެކި ހޯދިފައި ހުރިކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށެވެ.
ނަމަވެސް މިހެކި ފުލުހަށް ހުށަހަޅުއްވާނެ ވަކިއިރެއް އަލްހާން ވިދާޅެއްނުވެއެވެ. އަދި އެހެކިތަކާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއްވެސް އަލްހާންް ދެއްވާފައެއް ނުވެއެވެ.
އަލްހާންވަނީ ރިޔާސީ އިންތިހާބުގެ ކުރިން ފާޅުގައި ރައީސް ޔާމިނަށް ތާއިދު ކުރައްވާކަމަށް ވިދާޅުވެ ކެންޕޭން ދުވަސްވަރު ރައީސް ޔާމިނުގެ ކެންޕޭންގައި އިސްކޮށް އުޅުއްވުމަށްފަހު އިންތިހާބުގެ ނަތީޖާ އިއުލާން ކުރެއްވުމުން "ޑްރީމް ރައީސް" އަކީ އިބޫ ކަމަށް ވިދާޅުވެ އިދިކޮޅާ ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
މިކަމާހުރެ ގިނަބަޔަކު އަންނަނީ އަލްހާނަށް ފާޑު ކިޔަމުންނެވެ. އަދި އިންތިހާބުގައި ވައްކަން ކުރެއްވިނަމަ އަލްހާންވެސް އެކަމުގައި ހިމެނޭނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް