ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
އަލީ އާރިފަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އާއިލީ ބޭފުޅެކެވެ. އޭނާ އަކީ ކުރީން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ ފުރުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ކަމެވެ. ފަހުން ވަނީ ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަލީ އާރިފް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު އެވެ. ރައީސް މުޢިއްޒުގެ އަރިހަށް ވަޑއިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް