މިސްކިތުން ވައްކަން ކުރުމުން ބަންދަށް ޖެހީ 15 ދުވަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޢީދު މިސްކިތުން ވައްކަން ކުރި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މިމަހު އެކަނިވެސް ޢީދު މިސްކިތުން 10 ފަންކާ ވަނީ ވަގަށް ނަގައިގެން ގެންގޮސްފައެވެ.
އެ މައްސަލާގެ ތުހުމަތުވާ މީހަކު ފުލުހުން މިހާރު ހައްޔަރު ކޮށްފައިވާއިރު، އެއީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އަދި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް