ރާއްޖެއިން ވިލާކޮޅެއްވެސް ނަގާފައެއް ނުވާނެ- ޗައިނާ
ރާއްޖެއިން ވިލާކޮޅެއްހާ މިންވަރުވެސް ނަގާފައި ނުވާނެ ކަމަށް ބުނެ ޗައިނާއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު ރައްދެއް ދީފިއެވެ.
އިންޑިއަން އޯޝަން ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ ގުޅިގެން ރާއްޖެ ދަރަނިވެރި ކޮށްފައިވާ ކަމަށެވެ. ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގ ވިދާޅުވީ އިސްތިއުމާރު ކުރުމަކީިި ޗައިނާގެ "ޖީން"ގައި ހުންނަ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ޗައިނާއިން ގައުމުތަކުގައި އިންވެސްްޓްކޮށް، މަޝްރޫއުތައް ހިންގަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނުގައިވެސް އޮންނަ ގޮތް ކަމަށް ވިދާޅުވިއެވެ.
"ރާއްޖެއިން ވިލާކޮޅެއްވެސް ނަގާފައެއް ނުވާނެ. އެކަމަކު 30،000 ފަތުރުވެރިން ގެންނަން" ޗައިނާ ސަފީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޗައިނާއާ ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ބަދަހި ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އިތުރު މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމަށްވެސް ވިދދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް