މާދަމާ އަކީ ފިތުރު އީދު ދުވަސް!
މާދަމާއަކީ ޝައްވާލްމަހުގެ ފުރަތަމަ ދުވަސް ނުވަތަ ފިތުރު އީދު ދުވަސްކަމަށް ކަނޑައަޅައިފިއެވެ.
ދިވެހިރާއްޖެއަށް މާދަމާއަކީ އީދު ދުވަސްކަމަށް ކަނޑައަޅާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ހަނދު ސާބިތުކުރުމާއި ބެހޭ ކޮމެޓީން މިރޭ ބޭއްވި ޖަލްސާގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަނީ މިރޭ ހަނދު ފެނިފައެވެ.
އިސްލާމިކް މިނިސްޓްރީން ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީއާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާތީ، މާދަމާ 04 ޖޫން 2019 ވާ އާދީއްތަ ދުވަހަކީ 1440 ވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް