ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސިންގަޕޫރުން ފުރައިގެން ނައިޖީރިއާއަށް ދަތުުރު ކުރި "އެމްވީ ސީއީވީޑީއީޓީ - އޭ (މަލްޓާ ފްލެގް ކެމިކަލް ޓޭންކަރ) ގައި އޮތް ހާލުބޮޑު ބަލި މީހާއާ ގުޅޭ ރިޕޯޓު، އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު 16:57 ހާއިރުކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ސ.ހުޅުމީދޫ ދެކުނުން 05 ނޯޓިކަލް މޭލާއި ހަމައަށް މިއަދު ހެނދުނު 07:40 ހާއިރު ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާއަށް ނަގާފައެވެ.
އަދި މި ބަލި މީހާ އައްޑޫ ސިޓީ ފޭދޫއަށް މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު ވަނީ ގެންގޮސްދީފައެވެ. މި މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ ބަނޑުގައި ރިއްސާ ކުއްލި ހާލަތުގައި ސިއްޙީ އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުންންކަމަށް އެންއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް