މީހަކަށް އަނިޔާކުރި ދެ ފުލުހުން ސަސްޕެންޑްކުރަނީ
އާންމުންގެ މީހަކަށް އަނިޔާކުރި ދެ ފުލުހަކު ސަސްޕެންޑްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ނިންމަވައިފިއެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުލަހެދުމުގައި ތިބި ދެ އޮފިސަރަކު މީހަކަށް އަނިޔާވާގޮތަށް ގެންގުޅުނު މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް ފެނިފައިވާކަމަށެވެ.
މި ދެ އޮފިސަރުން އެކަންކުރީ ކޯޓު އަމުރެއްގެ ދަށުން ވަތް މާފަންނު ގެއެއްގައިކަން ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.
ނަމަވެސް އެފަރާތްތަކުގެ އަމަލަކީ ގަބޫލުކުރެވޭނެފަދަ އަމަލެއް ނޫންކަމަށާއި، އެކަމުގައި ހިމެނޭ އޮފިސަރުން ވަގުތުން ސަސްޕެންޑްކޮށް އެފަރާތްތަކުގެ މައްސަލަ ބަލާނެކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯގައިވާ ގޮތުގައި ފުލުހުން ވަނީ އެމީހާ ބިންމަތީގައިވެސް އޮއްވާ އޭނާ ގައިގައި ޖަހައިވެސް ހަދާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް