N/A
N/A
ހަބަރު 01 Nov 2018 | 02:05

އިނގިރޭސި ލީގު ކަޕްގައި ލަންޑަނުގެ ގަދަ ބާރުތަށް މޮޅުވެއްޖެ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އިނގިރޭސި ލީގު ކަޕްގައި ލަންޑަނަށް ނިސްބަތްވާ ޓިމްތައް ކަމަށްވާ ޗެލްސީ، އާސެނަލް، އަދި ޓޮޓެންހަމް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ޖުމްލަ ފަސް ލަނޑު ފެނިގެން ދިޔަ ޗެލްސީ އަދި ޑާބީ ކައުންޓީ ބައްދަލުކުރި މެޗު ޗެލްސީ ކާމިޔާބުކޮށްފައިވަނީ 3-2 ކުންނެވެ.

މި މެޗުގައި ޑާބީ ކައުންޓީވަނީ ބައި ކޮޅަށް ދެ ލަނޑު ވައްދާލާ އަދި ދެ ފަހަރުގެ މަތިން މެޗުގެ ނަތީޖާ އެއްވަރުވެސް ކޮށްފައެވެ. ނަމަވެސް ޗެލްސީ ވަނީ ފެބްރިގާސް 41 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު މެޗު ކާމިޔާބުކޮށްފައެވެ.

ޗެލްސީގެ ތާރީހުގައިވެސް އެ ޓީމަށް ކުޅެދިން އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޑާބީވަނީ މި މެޗުގައި ވާދަވެރި ކުޅުމެއް ދައްކާފައެވެ.

މެޗަށްފަހު މީޑިއާތަކައި ވާހަކަ ދައްކަމުން ލަމްޕާޑް ބުނެފައިވަނީ ނަތީޖާއާމެދު ހިތްހަމައެއް ނުޖެހޭ ކަމަށާއި އޭނާގެ ޓީމަށް އެންމެ ކުޑަ މިނުން މެޗު އެއްވަރުވުން ހައްގު ކަމަށެވެ.

އާސެނަލް އަދި ބްލެކްޕޫލް ބައްދަލުކުރި މެޗު ލިޗްޓްސްޓެއިނާ އަދި ސްމިތް ޖަހައިދިން ލަނޑުތަކުން އާސެނަލް ކާމިޔާބުކޮށްފައިވަނީ 2-1 ކުންނެވެ.

މެޗަށް ފަހު ދިން އިންޓަވިއުގައި ބްލެކްޕޫލުން އާސެނަލް ބިރުގަންނުވާލި ކަމަށް އެ ޓީމުގެ ކޯޗު ބުނި ކަމުގައިވިއަސް އާދައިގެ ގޮތަކަށް ފެނިގެންދިޔަ ބްލެކްޕޫލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮ ކޯނޯއެވެ. އޮ ކޯނޯ އަދި އާސެނަލްގެ ގުއެންޑޫޒީއަށް ވަނީ މި މެޗުގައި ރަތް ކާޑު ދައްކާ ދަނޑުންވެސް ފޮނުވާލާފައެވެ.

ލީގު ކަޕްގައި އާސެނަލް ދެން ބައްދަލުކުރަން ޖެހޭނީ ވެސްޓް ހަމަ ބަލިކޮށް ކުރިއަށް އޮތް ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓޮޓެންހަމްއާއެވެ.

ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން ކުޅުނު ޓޮޓެންހަމް މި މެޗު ކާމިޔާބުކުރީ 3-1 ކުންނެވެ.

ޓޮޓެންހަމްގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެލަނޑު ސަން ޖަހައިދިން އިރު އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ ލޮރެންޓޭއެވެ.

ކުރީގެ މެންޗެސްޓަރ ސިޓީގެ ޕެލެގްރިނީގެ ކޯޗުކަމުގެ ދަށުން މި ސީޒަނުގައި ކުޅެމުން އަންނަ ވެސްޓް ހަމްގެ ލަނޑު ޖަހައިދިނީ ޕެރޭޒްއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...