ރޮނާލްޑޯ ނުލާ ކުޅެ ޕޯޗުގަލްއަށް ހަނި މޮޅެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޔުއޭފާ ނޭޝަންސް ލީގުގައި ޕޯޗުގަލްއާއި ޕޯލެންޑް ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުގެ ހަނި ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ.
ކްރްޒްސްޓޮފް ޕިއަޓެކް ޖަހައިދިން ލަނޑުން މެޗުގެ ކުރި ހޯދާފައިވަނީ ޕޯލެންޑް އިންނެވެ. ޕޯޗުގަލްގެ އަންދްރޭ ސިލްވާ ނަތީޖާ ހަމަހަމަ ކޮށްދިން އިރު ފުރަތަމަ ހާފް ނިމެން ގާތް ވެފައި ވަނިކޮށް އެ ޓީމަށް މެޗުގައި ކުރި ލިބުނީ ޕޯލެންޑުގެ ޑިފެންޑަރު ކަމިލް ގިލްކް އަތުން ބައިކޮޅަށް ވައިން ލަނޑަކުންނެވެ.
ދެވަނަ ހާފުގައި ބެނާޑޯ ސިލްވާ ވަނީ ޕޯޗުގަލްގެ ލީޑް ފުޅާ ކޮށްދީފައެވެ.
ޕޯލެންޑުގެ ޖާކުބް ބްލަސްޒިކޯސްކީ ލަނޑެއް ޖަހައި ދެޓީމުގެ ފަރަގު އެއް ލަނޑަށް ކުޑަކޮށް ދިން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެ ނަތީޖާގައި އޮވެގެންނެވެ.
ޔުއޭފާ ނޭޝަންސް ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ރަޝިއާ އާއި ސުވިޑިން ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއެވަރު ވެގެންނެވެ.
ރޯމޭނިއާ 2 ލަނޑު 1 ލަނޑުން ލިތުއޭނިއާ ބަލިކުރި އިރު ސާބިއާ އަދި މޮންޓެނީގުރޯ ބައްދަލު ކުރި މެޗު 2 ލަނޑު 0 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސާބިއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް