N/A
N/A
ހަބަރު 15 Jul 2019 | 10:10

އެހާ ގަދަޔަށް މޭކަޕް ކުރަނީ ކީއްވެ؟

މޭކަޕް ކުރުމަކީ ރީތިވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގިނަ މީހުން ގަބޫލް ކުރެއެވެ.

މޭކަޕް ކުރުމާއި ނުލާ ނަލަހެދިލައިގެން މަގުމައްޗަށް ނުކުންނަ އަންހެން ކުއްޖަކު ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. ތެދެކެވެ. މޭކަޕް ކުރުމުން މޫނުމަތި ވަރަށް ރީތި ކަމަށް ދައްކައިދެއެވެ. އުމުރަށް ވުރެ ޒުވާން ކަމަށް ދައްކައި ދިނުމުގެ އިތުރުން، މޫނުގައި ހުންނަ ލަކުނާއި ކަޅުތިލަ ފަދަ އެއްޗެހި ފޮރުވާލުމަށް މޭކަޕް ބޭނުން ކުރުމަކީ އެކަމަށް އޮތް ހައްލެކެވެ.

އެހެންނަމަވެސް މާގިނައިން މޭކަޕް ކުރުމަކީ މޫނުގެ ހަމަށް ގެއްލުންހުރި ކަމެއްކަން އެނގެނީ ވަރަށް މަދު މީހަކަށެވެ. މޭކަޕް ކުރުމުން ވަގުތީ ގޮތުން މޫނުމަތީގެ ކުލަ އަލިކޮށްދީ، ހަން އޮމާން ކަމަށް ދެއްކި ނަމަވެސް، އެއީ މޫނުގެ ހަން ރީތި ކުރުމަށް އޮތް ފަރުވާއެއް ނޫނެވެ.

އެހެންކަމުން މާގިނައިން މޫނުގައި ފައުންޑޭޝަން ހޭކުމުގެ ކުރިން އެކަމުގެ ސަބަބުން މޫނުގެ ހަމަށް ލިބިދާނެ ގެއްލުންތަކާއިމެދުގައި ވިސްނާލަން ޖެހެއެވެ.

ކުޑަކުޑަ ފައުންޑޭޝަން ކޮޅެއް މޫނުގައި ހާކާލުމަކީ ގެއްލުން ހުރި ކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ތަޖްރިބާކާރުން ބުނަނީ ނޫނެކޭއެވެ. އެހެންނަމަވެސް ފައުންޑޭޝަންގައި ކެމިކަލް ހުރެއެވެ. އަދި ގިނައިން ފައުންޑޭޝަން ހާކާނަމަ، މޫނުގައި ބިހި ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ފައުންޑޭޝަން އެކަންޏެއް ނޫނެވެ. ލިޕްސްޓިކް، މަސްކާރާ، އައިލައިނަރ، ބްލަޝަރ، ބްރޮންޒަރ، މިހެންގޮސް ކިޔާނެކަމެއް ނެތެވެ. މޭކަޕް ކުރުމުގައި ތިޔަ ބޭނުންކުރާ ހުރިހާ ބާވަތެއްވެސް ތައްޔާރުކޮށްފައި ހުންނަނީ ކެމިކަލް ބޭނުންކޮށްގެންނެވެ.

މޭކަޕް ކުރުމުން އެކި މީހުންގެ މޫނަށް ބަދަލު އަންނަނީ އެކި މިންވަރަށެވެ. ބައެއް މީހުން ބުނާގޮތުގައި، ކިތަންމެ ވަރަކަށް މޭކަޕް ކުރިއަސް، މޭކަޕް ރަނގަޅަށް ފޮހެލާފައި މޫނު މޮއިސްޗަރައިޒް ކޮށްލުމުން ހަމަށް އެއްވެސް ކަހަލަ ބަދަލެއް އަންނަ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

އެހެންކަމުން މާގަދަޔަށް މޭކްޕް ކުރުމުގެ ކުރިން އެކަމުން މޫނުގެ ހަމަށް އަންނަ ބަދަލުތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން، ތިބާގެ މޫނާއި ގުޅެނީ ކޮންކަހަލަ މޭކަޕެއްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގިނަ މީހުން މޭކަޕް ކުރާ ސާމާނު ގަތުމުގެ ކުރިން އޭގައި ތަތްކޮށްފައި ހުންނަ ލޭބަލް ވަރަށް ރަނގަޅަށް ކިޔައެވެ. މިއީ ބޭކާރު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެނގޭހެއްޔެވެ؟ މޭކަޕް އުފައްދަން ބޭނުންކުރި ހުރިހާ އިންގްރެޑިއެންޓެއް ލޭބަލްގައި ހިމެނުމަކީ، އުފައްދާ ފަރާތަށް ލާޒިމު ކަމެއް ނޫނެވެ. އެހެންކަމުން، މޭކަޕްގައި ބޭނުންކޮށްފައިވާ ގެއްލުންދެނިވި ބައެއް މާއްދާތައް ލޭބަލްގައި ހުންނާނީ ހިމަނާފައެއް ނޫނެވެ. އެހެންކަމުން ލޭބަލްގައި ލިޔެފައިވާއެއްޗަކަށް ނުހެއްލޭށެވެ.

މޭކަޕަށް އިތުބާރު ނުކުރެވޭ ގިނަ މީހުން ބުނާގޮތުގައި މޫނުގެ ރީތި ކަމަށް ބޭނުންވަނީ 3 ކަމެކެވެ. އެއީ ފެނާއި، އަރާމް ކުރުމާއި، ހިނިތުންވުމެކެވެ.

މި ބުނަނީ، މޫނު ރީތި ކުރުމަށްޓަކައި ރަނގަޅު ފޭޝަލްއެއް ބޭނުންނުކުރާށެކޭ ނޫނެވެ. މޭކަޕް ކުރުމަށްވުރެ ބޮޑަށް ރަނގަޅު ފޭޝަލްތައް ބޭނުން ކުރުމަކީ، ދިގު މުއްދަތަކަށް އެކަމުގެ ފައިދާ ލިބޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...