ހާޖަރާގޭ ލުތުފީ މިރޭ ރާއްޖެ ގެންނަނީ
1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާގެ މޭސްތިރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ހ.ހާޖަރާގޭ އަބްދުﷲ ލުުތުފީ މިރޭ ރާއްެޖެ ގެންނަގޮތަށް ހަަމަޖައްސައިފިއެވެ.
ލުތުފީ މިރޭ ރާއްޖެ ގެންނަކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭނާ ގެންނަނީ ރާާއްޖެ ގަޑިން މިރޭ 21:30 ގައި ޖެއްސުމަށް ހަަމަޖެހިފައިވާ އެމިރޭޓްސްގެ ފްލައިޓް އީކޭ653 އިންނެވެ. ލުތުފީ ގެނެވޭނީ ފުލުހުންގެ ޚާއްސަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
ލުތުފީ ގެންނަނީ އޭނާ ރާއްޖެއަށް ދިއުމަށް އިއުތިރާޒެއް ނެތްކަމަށް ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ލިޔުންތަކެއް ދިނުމުންނެވެ.
އޭނާ ވަނީ މިއަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހު ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލަައަށް ހަވާލުވެފައެވެ. އެއަށްފަހު ފުލުހުން ދަނީ ކޮޅުނބުގައި އޭނާގެ ކަންތައްތައް ބަަލަހައްޓަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް