އިސްރާއީލާ އަޔަލެންޑް މެޗް ފެށުމުގެ ކުރިން އަޔަލޭންޑް ޓީމް.. ފޮޓޯ: އެކްސް
އިސްރާއީލާ އަޔަލެންޑް މެޗް ފެށުމުގެ ކުރިން އަޔަލޭންޑް ޓީމް.. ފޮޓޯ: އެކްސް
ކުޅިވަރު 28 Sep 2026 | 04:02

ފަލަސްތީނާއެކު އޮތްކަން އަންގަމުން އަޔަލޭންޑުން އިސްރާއީލް ބަލިކޮށް ކުރިއަށް

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޔުއެފާ ނޭޝަންސްލީގްގައި ރޭ އަޔަލޭންޑާއި އިސްރާއީލް ބައްދަލުކުރިމެޗް އަޔަލޭންޑް ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗަށް ދަނޑަށް އެރިއިރު އަޔަލޭންޑް ކެޕްޓަން މެޗްގެ ރެފްރީންނާ ސަލާމްކުރިއިރު އޭނާ ވަނީ އިސްރާއީލް ކެޕްޓަނާ ސަލާންކުރަން ދެކޮޅުހަދާފައެވެ. އެގޮތުން އަޔަލެންޑްގެ ކެޕްޓަން ދާރާ އޯޝޭ އާއި އިޒްރޭލުގެ މެނޯ ސޮލޮމަންއާ ދެމެދުވެސް އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާއިރު އަޔަލޭންޑު ޓީމުންވެސް އިސްރާއީލްގެ އެއްވެސް ކުޅުންތެރިއަކާ ސަލާމްކޮށްފައެއް ނުވެއެވެ.

މެޗްގައި އިސްރާއީލުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އިސްރާއީލަށް ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. އަދި މިމެޗްގައި އެޓީމްގެ ފަރާތުން ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔައެވެ.

މެޗްގައި އަޔަލޭންޑަށް ގޯލްތައް ކާމިޔާބުކޮށްދިނީ ޓްރޯއީ ޕެރޮޓް، އެޑަމް އިޑާ އަދި ޖެކް މޮއިލަން އެވެ. މޮއިލަން އޭނާގެ ލަނޑު ފާހަގަކުރީ އަތުގައި އޮތް ކަޅު އަތްބޭންޑުގައި ބޮސްދީ، އެ އުފުލާލުމަށްފަހު ޖާޒީގައިވާ ލޯގޯއަށް ބޮސްދީގެންނެވެ.

އަޔަލޭންޑް މެޗްގައި އިސްރާއީލާ ދެކޮޅަށް ދަނޑު މަތީގައި ކަންތައްތަކެއް ފެނިގެންދިޔައިރު، ސްޓޭޑިއަމުން ބޭރުގައި ސަޕޯޓަރުން ވަނީ އިސްރާއީލާ ދެކޮޅަށް ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...