ލަނޑުޖެހުމަށްފަހު ބްރޫނޯ.. ފޮޓޯ: އާސެނަލް
ލަނޑުޖެހުމަށްފަހު ބްރޫނޯ.. ފޮޓޯ: އާސެނަލް
ކުޅިވަރު 11 Oct 2026 | 02:11

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގޮސްފައިވަނީ ފަހު ހާފްގެ ތެރޭގައެވެ. ލީޑްސްއިން ގިނަ ވަގުތުތަކުގައި އާސެނަލްގެ ޑިފެންސްލައިނަށް ބާރުބޮޑުކުރަމުންދިޔައިރު، އެޓީމުން ލަނޑު ޖަހާފައިވަނީ 55 ވަނަ މިނެޓުގައި ޖޭމްސް ޖަސްޓިން އެވެ. އާސެނަލުން ލަނޑެއް ޖަހައި މެޗް އެއްވަރުކުރުމަށް މަސައްކަތްކުރިނަމަވެސް ލީޑްސްގެ ޑިފެންސް ލައިނާ އަދި ކީޕަރު ވަނީ ހަމަލާތައް ހުއްޓުވާފައެވެ.

މެޗްގެ އޮއިވަރު އާސެނަލްކޮޅަށް ބަދަލުވީ ކޯޗް މިކޭލް އަޓޭޓާ ގެނައި ބަދަލުތަކަށްފަހުއެވެ. މެޗުގެ ނަތީޖާ އެއްވަރުވީ ކަލަފިއޯރީ ޖެހި ލަނޑުންނެވެ. މި ލަނޑު ޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އާޓެޓާ މި މެޗުގައި ފުރުސަތު ދިން ނޯނީ މަޑުއޭކޭއެވެ. މެޗުން އާސެނަލް މޮޅުކޮށްދިން ލަނޑު ޖަހައިދިނި ކުޅެން އެރިތާ ފަސް މިނެޓް ތެރޭގައި ބްރޫނޯ ގިމަރޭޒްއެވެ. މާޓިން އޮޑެގާޑާއި ޑެކްލަން ރައިސް ގުޅިގެން އުފެއްދި ފުރުސަތަކުން ގިމަރޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މިމެޗުން އާސެނަލްއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން ވަނީ އެއްވަނާގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.

މިމެޗުން އާސެނަލްއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން ވަނީ އެއްވަނާގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...

މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
07 Oct 2026 ކުޅިވަރު

މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ އާޖެންޓީނާގެ ލިއޮނެލް މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީމެޗް މޮޅަކުން ނިންމާލައިފިއެވެ. ބުއެނޯސް އައިރީސްގައި ކުޅުނު...