ހައްޔަރުކުރަން ޖެހޭވަރުގެ ޖިނާއީ ކުށަކަށް ތުހުމަތު ކުރާނަމަ އެކަމަށް ޖަވާބުދާރީވާން ތައްޔާރު - އީސީ ރައީސް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރިޔާސީ އިންތިހާބުގެ ތެރޭގައި ރިޝްވަރު ނަގައިގެން އިލެކްޝަން ކޮމިޝަންއިން އިންތިހާބުގެ ނަތީޖާ އޮޅުވާލިކަމަށް ތުހުމަތުގައި އީސީގެ ރައީސް އަހްމަދު ޝަރީފް ހައްޔަރުކުރަން މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައަށް ސަރީފް ރައްދުދެއްވައިފިއެވެ.
ސަރީފް ވިދާޅުވާ ގޮތުގައި ހައްޔަރުކުރަންޖެހޭ ވަރުގެ ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި ހައްޔަރުކޮށް ތުހުމަތެއް ކުރާނަމަ އެކަމަށް ޖަވާބުދާރީވުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.
"ވަރަށް ޞަރީހަކޮށް މިދަންނަވަނީ ޤާނޫނު ހިލާފު އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ"
ޝަރީފް އިތުރައް ވިދާޅުވި ގޮތުގައި އިންތިހާބު ބާތިލް ކުރަންޖެހޭ ސަބަބެއް މިވަގުތައް ނެތް ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ ވަރަށް ސުލްހަވެރިކަމާއެކު މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ ދިޔަ ތިންތިހާބެއްކަންވެސް ސަރީފް ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް