މާކަސް ރަޝްފޯޑް
މާކަސް ރަޝްފޯޑް
ކުޅިވަރު 10 Jan 2023 | 21:51

ރަޝްފޯޑް ކާމިޔަބުކުރި 2 ލަނޑާއި އެކު މެންޗެސްޓަރ ލީގުކަޕް ސެމީއަށް!

އިގިރޭސި ލީގުކަޕްގެ ކުއާޓާ ފައިނަލްގައި ޗާލްޓަން އެތްލެޓިކް ފަސޭހަކަމާއި އެކު 3-0 ން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުުގެ ސެމީފައިނަލުން ޖާގަހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލީޑު ހޯދައި ދިނީ ބުރެޒިލްގެ ފޯވާޑް އެންޓަނީ އެވެ. މި ލަނޑަކީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ބުރެޒިލްގެ މިޑްފީލްޑަރ ފުރެޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮއްދިން ލަނޑެކެވެ.

ބުރެޒިލްގެ ފޯވާޑް އެންޓަނީ

ފުރަތަމަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ގެންގުޅެ ރަގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް އެޓީމަށް ޗާލްޓަންގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި މެންޗެސްޓާގެ ޒުވާން ފޯވާޑް އެންތަނީ އެލަންގާ ލަނޑެއް ކާމިޔާބުކުރި އެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މި މެޗުގައި މެންޗެސްޓަރ ގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ އެޓީމުގެ އުރުގުއާއި މިޑްފީލްޑަރ ފަކުންޑޯ ޕެލިސްޓްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މާކަސް ރަޝްފޯޑް

މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރި ތިން ވަނަ ލަނޑު އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިގިރޭސި ފޯވާޑް ރަޝްފޯޑެވެ. އަދި މެންޗެސްޓަރ އެންމެ ފަހުން ކުޅުނު ހަތް މެޗުގައިވެސް ރަޝްފޯޑް ވަނީ ލަނޑުޖަހާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް