ފެތުންތެރިޔާ މެރާލް ޢައިން ލަތީފް ރާއްޖޭގެ ގައުމީ ތިން ރެކޯޑެއް މުގުރާލައިފި!
އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއެޓިކްސް ޗެމްޕިއަންޝިޕް ބެންކޮކް 2023 ގައި ފެތުންތެރިޔާ މެރާލް ޢައިން ލަތީފް ރާއްޖޭގެ ތިން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
މި މުބާރާތް ކުރިއަށް ދިޔައީ ތައިލެންޑްގެ ރަންގްސިޓްގައި ހުންނަ ތަމްމަސާޓް ޔުނިވާސިޓީ އެކުއެޓިކްސް ސެންޓަރުގައި 2023 ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ނިއު ލެގޫން ސްވިމިން ކުލަބުގެ ފަރާތުން 26 ފެތުންތެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގައި މެރަލް ގައުމީ ރެކޯޑް ހެދީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ، 200 މީޓަރު އަދި 100 މީޓަރު ބަޓަފްލައި އިވެންޓުގައެވެ.
މެރާލް ޢައިން ލަތީފްގެ ގައުމީ ރެކޯޑްސް ޓައިމިން
400 މީޓަރު އިންޑިވިޖުއަލް މެޑްލޭ 6:17.47
200 މީޓަރު ބަޓަފްލައި 3:06.78
100 މީޓަރު ބަޓަފްލައި 1:17.89
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް