ރޮބަޓް ލެވަންޑޮވްސްކީ
ރޮބަޓް ލެވަންޑޮވްސްކީ
ކުޅިވަރު 10 Apr 2023 | 22:10

15 ޕޮއިންޓަށް ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި!

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ޖިރޯނާ އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ތާވަލުގެ ކުރީގައި 15 ޕޮއިންޓްގެ ލީޑެއް ނެގުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އާއި ރަފީންހާ އިތުރުން ޑިފެންޑަރު ރޮނާލްޑް އަރައުޖޯއަށް ލަނޑުޖަހަން ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު އިރު، މިހާފުގައި ޖިރޯނާއަށް ބާސެލޯނާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ޖިރޯނާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މިހާފުގައި ވެސް ބާސެލޯނާގެ އެރިކް ގާސިޔާ، ޖޯޑީ އަލްބާ، ގާވީގެ އިތުރުން ލެވަންޑޮވްސްކީއަށް ލިބުނު ފުރުސަތުތަކުގައި ބޭނުންހިފޭ ގޮތެއްނުވިއެވެ.

ދެވަަނަ ހާފްގައި ޖިރޯނާ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޓެޓީ ކެސްޓެލާނޯސް ނަމަވެސް މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު 28 މެޗުން ބާސެލޯނާއަށް 72 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި އެޓީމާއި ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ބާކީ އޮތް 10 މެޗުން ބާސެލޯނާއަށް ބޭނުންވަނީ 18 ޕޮއިންޓެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު 28 މެޗުން ޖިރޯނާއަށް ވަނީ 35 ޕޮއިންޓް ލިބިފައެވެ. އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް