ފައިނަލް މެޗަށްފަހު ރެޑްހޯކްސް ގެ ކުޅުންތެރިން އުފާފާޅުކުރަނީ
ފައިނަލް މެޗަށްފަހު ރެޑްހޯކްސް ގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 10 Jun 2023 | 21:38

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023: އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރެޑްހޯކްސް ހޯދައިފި!

6 ވަނަ މައިލޯ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023 ގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 28-22 ގެ ނަތީޖާއަކުން ކީންސް ބަލިކޮށް ރެޑްހޯކްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޖުމްލަ އެކު، 27 ޓީމައިއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ފެށި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން ރެޑްހޯކްސް ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކުލަބު ބަލިކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު އެޓީމުން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު 20-22 އިންނެވެ.

ކީންސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސް ބަލިކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެޓީމުން ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 30-31 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13-9 ގެ ނަތީޖާއަކުން ރެޑްހޯކްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގައި ރެޑްހޯކްސް އިން ވަނީ އިތުރު 15 ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް މިހާފުގައި ކީންސް އަށް ކާމިޔާބު ކުރެވުނީ 13 ލަނޑެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 28-22 ގެ ނަތީޖާއަކުން ރެޑްހޯކްސް ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް