ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާއެއް މާދަމާ ބާއްވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ މުޒާހަރާއެއް ބޭއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.
މިއަދު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ވަނީ އިއުލާންކޮށްފައެވެ.
އެ ކޯލިޝަނުން މައުލޫމާތު ދޭގޮތުގައި މި މުޒާހަރާ އޮންނާނީ މާދަމާރޭ 8:30ގައި ކާނިވާ ސަރަހައްދުގައެވެ
މިއީ އެއްވުމަކީ އެއްވެ އުޅުމުގެ އުސޫލާ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން މާލޭގައި އެއްވެވެން އޮންނަ ސަރަހައްދަށް އެއްވާ އެއްވުމެއް ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަންއިން ބުނެފައިވެއެވެ.
މި އެއްވުމުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަށް އެ ކޯލިޝަނުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް