ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދެއްކި މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކޮށް ބިރުދެއްކި މައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭގައި ހުޅުމާލޭ އޯކިޑްމާ ހިނގުމުގައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ މާލޭ ދަފްތަރު ނަންބަރު އާރު.އެސް 9022 ގައި ރަޖިސްޓްރީކޮށްފައިވާ ތޮލާލް މޫސާ (37 އަހަރު) އެވެ.
ފުލުހުން ބުނާ ގޮތުގައި ތޮލާލް ވަނީ ދިވެހި ފިރިހެނަކު ކާރެއްގެ ތެރޭގައި ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކާފައެވެ. އަދި އެ މީހާގެ ޢާއިލާގެ މީހުންނަށް ގުޅައި ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލައި ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް