އަމިއްލަ މެންބަރުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭނެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިިލީހަށް އަމިއްލަ ގޮތުން ހޮވޭ މެންބަރުންނަށް އެއްވެސްކަމެއް ކޮށްނުދެވޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޒާހިރުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އަޣުލަބިއްޔަތުން ކަންކަން ކުރާ ތަނެއްކަމަށެވެ. އެހެންކަމުން ޕާޓީއަކަށް ނިސްބަތްނުވެ، ބައިވެރިނުވެ، މެމްބަރަކު ވަކިން އިންތިހާބުވުމުން އޭގެން ރައްޔިތުންނަށް ފައިދާއެއް، މަންފާއެއް ނުކުރާނެކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"ބައެއް ފަހަރު ޕާޓީއެއްގެ ބައިވެރިވުމާ ނުލާ ޕާޓީއެއްގެ ބޮޑު އާއިލާއެކު ނުހިމެނި އެބަ މެންބަރުން ކުރިމަތި ލައްވާ. ހަމަ ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ކަމަށް ވިދާޅުވަމުން. އެހެން ނަމަވެސް ބައްލަވާ ގައްދޫ ދާއިރާގެ ގޮނޑިއަށް އެކަނި ކުރިމަތިލައްވައިގެން އިންނަވާ މިނިވަން ކެނޑިޑޭޓަކަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ނިޒާމު ބައްޓަންކޮށްފައި އޮތީ އެއް ދާއިރާއާއި އަނެއް ދާއިރާއަށް އެއް ފިކުރަކަށް އަންނަ ކިތަންމެ ބައެއް އެކުވެގެން އެންމެން އެކުގައި ތަރައްގީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް