ރިޔާޒު ރަޝީދު ޕީޕީއެމް ގެ ޕީޖީ ގްރޫޕް އިން ވަކިކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވިލުފުފުށީ ދާއިރާ މެންބަރު ރިޔާޒު ރަޝީދު، ޕީޕީއެމް ގެ ޕާލަމެންޑް ގްރޫޕްގެ (ޕީޖީ) ޑެޕިއުޓީ ލީޑަރުކަމުން ވަކިކުރުމަށް އިއްޔެ ބޭއްވި ބައދަލުވުމުގައި ހުށަހަޅައިފައިވާނެ ކަމަށް އެ ގްރޫޕްގެ މެންބަރަކު ވިދާޅުވެއްޖެއެވެ.
ރިޔާޒު މަގާމުން ދުރުކުރެއްވުމަށް މަސައްކަތް ފެށިފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރާއްޖެ ވަޑައިގަތުމުން އެބޭފުޅުންނަށް މަރުހަބާ ދަންނަވައި ރިޔާޒު ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ.

އަދި މީގެ އިތުރުންވެސް ރިޔާޒު އިދިކޮޅު ދެ މެންބަރުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ރިޔާޒު އަކީ ޕީޕީއެމްގެ އިސްސަފުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ނިމިގެންދިޔަ ރިޔާސީ އިންތިހާބްގެ ނަތީޖާ ގަބޫލްފުޅުކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް