އޭޑިވިޝަން މެންސް ޑަބަލްސް، ޗެންޕިއަންކަން ޢަބްދުއްރައޫފް އާއި ޔޫސުފް ނިޔާޒް އަށް!
ނައިފަރު އޯޕަން 2023 ބެޑްމިންޓަން މުބާރާތުގެ އޭޑިވިޝަން މެންސް ޑަބަލްސް، ޗެންޕިއަންކަން ޢަބްދުއްރައޫފް އާއި ޔޫސުފް ނިޔާޒް ހޯދައިފިއެވެ. މި ހަފްތާގެ ހޯމަދުވަހުގެ ރޭ ނައިފަރުގެ ބެޑްމިންޓަން ހޯލުގައި ކުޅެވުނު ފައިނަލުގައި އޭޑިވިޝަން މެންސް ޑަބަލްސް، ޗެންޕިއަންކަން ޢަބްދުއްރައޫފް އާއި ޔޫސުފް ނިޔާޒް ހޯދީ ހާމިދު ނަޒީމް / ޢަލީ ދާވޫދު އާއި ވާދަކޮށް ފޯރިގަދަ ކުޅުމަކަަށް ފަހު 13/21 , 13/21 ން މެޗުުު ކާމިޔާބުކޮށްގެންނެވެ.

120 ބައިވެރިންނާއި އެކު 2022 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 9 ގެ ނިއަލަށް ކުރިއަށްގެންދިޔަ މި މުބާރާތަކީ، ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން އިންތިޒާމްކޮށްގެން މި އަހަރު އަލަށް ބާއްވަން ފެށި މުބާރާތެކެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ, ކޯރާ ކޯރާ މޯލްޑިވްސް އެވެ. މީގެ އިތުރުން މުބާރާތުގެ އިވެންޓް ޕާރޓްނާރސް ގޮތުގައި ފުޝިފަރު މޯލްޑިވްސް, ކޮކޫން މޯލްޑިވްސް, ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު ސަޕޯރޓިންގ ޕާރޓްނާރސް އަކީ ކެފޭ ކެރިސްޕީ, ލޫލޭ, ވާވާ ގްރޫޕް, އަސްކަނި ސްޕޯރޓްސް, ޒުހަލް އެކްސްޕްރެސް, ބަޑީޒް ނެޓް އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް