އަރުމީނިއާ ކޮޅަށް ލަނޑުޖެހުމަށް ފަހު ކްރޮއޭޝިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ
އަރުމީނިއާ ކޮޅަށް ލަނޑުޖެހުމަށް ފަހު ކްރޮއޭޝިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 12 Sep 2023 | 03:45

ރަށުން ބޭރުގައި އަރުމީނިއާ އަތުން ކްރޮއޭޝިޔާ އަށް އުނދަގޫ މޮޅެއް

ޔޫރޯ 2024 ގެ ކޮލިފައިން ގްރޫޕް ޑީގައި މިރޭ އަރުމީނިއާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިޔާ އިން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކްރޮއޭޝިޔާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަންދްރެޖް ކްރަމަރިކް އެވެ.

މިއީ އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް އަރުމީނިއާގެ ކީއްޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑަށްފަހު ފުރަތަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ކްރޮއޭޝިޔާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި އެވެ. އަދި އެޓީމުން ވަނީ މިހާފުގައި ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިޔާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ކްރޮއޭޝިއާ އެވެ. ދެވަނަގައި އޮތް ތުރުކީ އަށް ވެސް ފަސް މެޗު ކުޅެގެން 10 ޕޮއިންޓް ލިބިފައިވާއިރު ކްރޮއޭޝިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި މިމެޗުން ބަލިވި އަރުމީނިއާއަށް ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް