ފިސްތޯލައެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ލަންކާއިން ދިވެއްސަކު ހައްޔަރު ކޮށްފި
ފިސްތޯލައެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ލަންކާއިން ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފިސްތޯލައެއް ގެންގުޅުންކަމުގެ ތުހުމަތުގައި ލަންކާގެ އެއާޕޯޓެއް ކަމުގައިވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ހައްޔަރު ކުރީ 58 އަހަރުގެ ދިވެއްސަކެވެ.
ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ މާލެ އައުމަށް ފުރަން ގޮސް ހުއްޓައި ކަމަށް ވާއިރު އޭނާ ހައްޔަރު ކުރެވުނީ އޭނާގެ ދަބަހުން ބަޑިއެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ސްކޭން ކުރުމުގެ ތެރޭގައި ފެނުމާއި ގުޅިގެން ކަމަށްވެސް ލަންކާ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.
ލަންކާ ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުނެވެ. މިކަމާއި ބެހޭގޮތުން ރާއްޖޭގެ އެއްވެސް ރަސްމީ އިދާރާއަކުން މިކަމާއި ބެހޭގޮތުން ބަހެއް ބުނެފައެއްނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް