ބީއެމްއެލްގެ އެމެކްސް ކާޑެއް.. ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އެމެކްސް ކާޑެއް.. ފޮޓޯ: ބީއެމްއެލް
ވިޔަފާރި 16 Jul 2025 | 09:55

އެމެކްސް ޕްލެޓިނަމް ކާޑުން ވިޔަފާރިކޮށް، ފޯމިއުލާ 1 ބަލާލުމަށް ސިންގަޕޫރަށް ދިއުމުގެ ފުރުސަތު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ އެމެކްސް ޕްލެޓިނަމް ކާޑުން ވިޔަފާރިކޮށްގެން ސިންގަޕޫރުގައި އޮންނަ ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލުން ބުނެފައިވަނީ، މިހިނގާ ޖުލައިމަހުގެ ނިޔަލަށް ކާޑުން މުއާމަލާތް ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 2 ކަސްޓަމަރަކަށް، އިތުރު ދެ ބޭފުޅަކާއެކު ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ލިބޭ އިނާޔަތްތައް

- އެމްކްސް ސްކައި ސޫޓް ޓިކެޓް

- އެފް1 ސިންގަޕޯ ގްރޭންޑް ޕްރިކްސް 2025 އަށް 3 ދުވަހުގެ އެކްސެސް އާއެކު އެމެކްސް ސްކައި ސޫޓް ފާސް

- ސިންގަޕޫރުގައި 3 ރޭ ހުރުން

- ޚާއްސަ އެފް1 ގިފްޓް މަރޗަންޑައިސް ޕެކް

ބީއެމްެލުން ބުނީ ޕީއޯއެސް މެދުވެރިކޮށް، އޮންލައިން އަދި އެ ބޭންކުގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި 3،000 ރުފިޔާއަށްވުރެ މަތިން ވިޔަފަރިކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ

ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ. ބީއެމްއެލުން ވަނީ ފުރަތަމަފަހަރަށް ރާއްޖެއަށް ކްރެޑިޓްކާޑު ތައާރަފްކޮށް ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ބީއެމްއެލުން ދަނީ އެމެކްސްގެ ހިދުމަތް ބަލައިގަތުން ތައާރަފުކޮށް އަވަސް ސްޕީޑެއްގައި ކުދި ފިހާރަތަކުން ފެށިގެން ދިވެހިރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެ ހިދުމަތް ފުޅާކުރަމުންނެވެ. މީގެ އިތުރުން ބީއެމްއެލުން ވަނީ އެމްކްސްއާ ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފަށާފައެވެ. މި ކެމްޕެއިނުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުކޮށްދިނުނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
15 Sep 2026 ވިޔަފާރި

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއ...