ރައީސް ޔާމީން ހުންނަވާނީ މާފުށީ ޖަލުގައި!
ޝަރީއަތް ނިމެންެދެން ބަންދުކުރެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާނީ މާފުށީ ޖަލުގައިކަމަށް ކަރެކްޝަންސްއިންނާއި ފުލުހުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ، ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގައިކަމަށެވެ. އަދި ޖަލުގައި އެމަނިކުފާނު ހުންނަވާނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ކަމަށް ލުގްމާާން ވިދާޅުވިއެވެ.
ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު އޮތް ޝަރީއަތުގެ މަޖިލީހުގައެވެ.
އެ މަޖިލީހުގައި ޕީޖީއިން ވަނީ ހެއްކެއްގެ ހެކިބަސް ބަދަލު ކުރަން ރައީސް ޔާމީން ފައިސާ ހުށަހެޅި ކަމަށް ހެކި ލިބޭ ލިޔުމެއް ވެސް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް