މިއަދު 5500 އެއްހާ މީހުން އެއް ފަހަރާ މާލެ ވަށާ އަތުގުޅާލަނީ
5500އެއްހާ މީހުން އެެއްފަަހަރާ މާލެ ވަށާ އަތު ގުޅާލުމުގެ ހަރަކާތެއް މިއަދު ހަވީރު ބޭއްވުމަށް ހަަމަޖައްސައިފިއެވެ.
ބައިނަލްއަގްވާމީ އެކުވެރިންގެ ދުވަހުގެ މުނާސަަބަތުގައި ބާއްވާ މި ހަރަކާތް މިއަދު އޮންނާނީ ހަވީރުގެ ވަގުތުގައެވެ. މި ވަގުތުތަކުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވުމަކީ މަނާކަމެކެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން މި ހަރަކާތް އިންތިޒާމްކުރާ ހޯމް މިނިސްޓްރީގެ މީޑިޔާ ޑިރެކްޓަރ ހަފްސީ އަބްދުﷲ ވިދާޅުވީ މި ހަރަކާތަކީ އާންމުންނަށް ހުުޅުވާލައިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ހަފްސީ ވިދާޅުވިއެވެ.
މި ހަރަކާތް މާލޭގެ އިތުރުން ރަށްރަށުގައިވެސް ކުރިއަށްދާނެއެވެ. މިކަމުގެ މައިގަނޑު މަގްސަދަކީ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެކި ގައުމުތަކުގެ މީހުން އެއްވަގުތެއްގައި އެއްތަނަކުން ދިމާވެ އެކަކު އަނެކަކާއި އެކުވެރިކަމާއި ރަހުމަތްތެރިކަން އުފެއްދުމެވެ.
ހަފްސީ ވިދާޅުވީ މިކަމުގައި ގާތްގަނޑަކަށް 5500މީހުން ބައިވެރިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް