ލޯންޗެއް ބަންޑުން ޖަހާލައި، ފުލުހުން ހަރަކާތްތެރިވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދު ހެނދުނު ނ. ރޮބިންސަން ރިޒޯޓްއިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ލޯންޗެއް ނ. ފޮއްދޫ އާއި ރ. އުނގޫފާރާ ދޭތެރެއަށް ބަނޑުން ޖަހާލުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިހާދިސާ ހިނގި ލޯންޗުގައި އެވަގުތު ތިބީ 3 މީހުންނެވެ. 3 މީހުނަށް ވެސް އަނިޔާއެއް ވެފައިވާ ކަމުގެ ރިޕޯޓް ލިބިފައެއް ނުވެއެވެ. ލޯންޗުގައި ތިބި ތިންމީހުން ސަލާމަތްކޮށްފައިވަނީ އެސަރަހައްދުން ދިޔަ އެހެން ލޯންޗަކުންނެވެ.
މިހާރު ލޯންޗު ކަފު ޖަހައިގެން ރ. އަތޮޅަށް ގެންދިޔުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ގުޅިގެން ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ އިދާރައިން ވަނީ ކުރިއަށްއޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް