ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާއަކީ މުޅި އުއްމަތަށް ހުރި އަނދިރިކަމެއް: ޚަލީލް
ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާއާއި ނާއިންސާފަކީ މުޅި އިސްލާމީ އުއްމަތަށްހުރި އަނދިރިކަމެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އޯއައިސީން އިންތިޒާމުކޮށްގެން ޤުދުސްގެ ހާލަތާއި މެދު ޖިއްދާގައިި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަލީލް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ކުރިމަތިވެފައިވާ ނާާއިންސާފާއި، އަނިޔާވެރިކަމާއި ބޭއަދަބީކަމަކީ މުޅި އިސްލާމީ އުއްމަތަށް އޭގެ ސަބަބުން އަނދިިރިކަމެއް ކުރިމަތިވެފައިވާ ކަަމެއްކަމަށެވެ.
ޚަލީލް އިތުރަށް ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ބުނަމުންދާ ބީދައިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގޮތުގައި ބޭއްވުމަށް ގޮވާލައި، 1967 ގައި ކަނޑައެޅުނު ބޯޑަރާއި އެއްފަދައިން އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައަޅައިދިނުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ގުދުސްގައިވާ ފަލަސްތީނުގެ އެކިި ބިންތައް ގަދަކަމުން އަތުލުމާއި ގެދޮރުތައް ނަގައި، އަރަބި ހަޟާރަތުގެ އަސަރުތައް އެތަނުން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކާއިި ދެކޮޅަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި އެބޭފުޅާގެ އަރިހުގައި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި، ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުންނާާއި ފޮރިން މިނިސްްޓްރީގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް