ދިރާގުގެ ކަލަންޑަރުގެ ގަނޑެއް
ދިރާގުގެ ކަލަންޑަރުގެ ގަނޑެއް
ވިޔަފާރި 10 Dec 2025 | 11:39

ދިރާގުގެ މި އަހަރުގެ ކަލަންޑަރުގެ ޑިސެންބަރު މަސް ހާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމަށް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ދިރާގުގެ މި އަހަރުގެ ކަލަންޑަރުގެ ޑިސެންބަރު މަސް ހާއްސަކޮށްފައިވަނީ ދިވެހި މަސްވެރިކަމަށާއި ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށެވެ. މި ކަމުގެ މައްޗަށް ބިނާކޮށް ދިރާގުން ވަނީ ހާއްސަ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.

މި ވީޑިއޯގެ ޒަރިއްޔާއިން ކަނޑު މަހާ ދިވެހިންނާ އޮންނަ ގުޅުމާ ގުޅޭގޮތުން ޝައުގުވެރިކުރުވާކަހަލަ މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. މި ގޮތުން، ހަމައެކަނި ފަރުމަހަށް ބަރޯސާނުވެ، މާ ކަނޑަށް ނިކުމެ އަމިއްލަ އުޅަނދު ފަހަރު ބަނދެ އެންމެ ބާރު ދުވެލީގެ މަހުގެ ބާވަތެއް ކަމުގައިވާ ކަނޑުމަސް ބޭނެން ފެށުނީ ދިވެހި ކާބަފައިންގެ އަޒުމާއި ހިތްވަރުގެ ސަބަބުން ކަމުގައި މި ވީޑިއޯގައި ވަނީ ފާހަގަކޮށްފައެވެ.

އަދި، ދޮށި އަޅައިގެން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގައި ކުރަންމުންދާ މަސްވެރިކަމުގެ ތެރެއިން އާންމުކޮށް ބާނާ ވައްތަރުތަކުގެ މައުލޫމާތު ވެސް މި ވީޑިއޯގެ ޒަރިއްޔާއިން އެންގިގެންދެއެވެ.

ދިރާގުގެ 'މިނިވަންކަން މަތީ އަބަދަށް' 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. މި ގޮތުން، މި ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ހާއްސަކޮށްފައިވަނީ ދިވެހި ސަގާފަތާއިއާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނަކަށެވެ.

ދިރާގުން ދަނީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމަށް މުހިންމު އިސްކަމެއް ދީގެން މި ފަދަ ކަންކަމަށް އާންމުން ޝައުގުވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ
07 Oct 2026 ހަބަރު

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ

ބ. ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމަށް އަމާޒުކޮށްގެން ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ...

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި
16 Sep 2026 ވިޔަފާރި

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތ...

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
07 Sep 2026 ހަބަރު

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމ...

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ
06 Sep 2026 ވިޔަފާރި

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަ...

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
31 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މު...

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!
24 Aug 2026 ވިޔަފާރި

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ. މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސް...