N/A
N/A
ވިޔަފާރި 16 Sep 2026 | 05:59

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ 55 ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ޓެކްސް ރެޒިޑެންޓުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކަށް ދޫކުރާ ފައިދާއިން %10 ގެ ރޭޓުގައި ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އުނިކުރުން ލާޒިމުވެއެވެ.

ހަމައެއާއެކު އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން ފައިދާ ދޫކުރާ ވަގުތު ހިއްސާދާރަކީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ޙާލަތުގައި ވެސް ޓެކްސް އުނިކުރުން ކުންފުންޏަށް ޤާނޫނީ ގޮތުން މަޖުބޫރުވެއެވެ.

މި މަޢުލޫމާތު އަޕްޑޭޓުކުރުމަށް ބޭނުންވާ ހިއްސާދާރުންނަށް ދެ ގޮތެއް ދިރާގުން ހުޅުވައިލާފައިވެއެވެ. ފުރަތަމަ ގޮތަކީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމެވެ. ދެވަނަ ގޮތަކީ ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރުމެވެ.

ޓެކްސް ރެޒިޑެންސީ މަޢުލޫމާތު ރަނގަޅަށް ބެލެހެއްޓިފައި ހުރުމަކީ ޤާނޫނާ އެއްގޮތަށް ޑިވިޑެންޑް ލިބުމުގައި ހިއްސާދާރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް މުހިންމު ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް
29 Oct 2026 ވިޔަފާރި

މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް

މޯލްޑިވްސް އެކްސްޕޯ 2026ގައި ދިރާގުގެ ސްޓޯލުން ޚިދުމަތް ނަގާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯއަކާއި ރިސޯޓު ޗުއްޓީއެއް އަދި ދުވާލު އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
20 Oct 2026 ވިޔަފާރި

މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ހުޅުމާލޭގައި ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށް، ހިލޭ ގޭމިންގ ހަރަކާތްތަކާއި ޚާއްޞަ އޮފަރުތައް ހުށަހަޅާނެ ކަމަށް ބުނެފި.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފި
20 Oct 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވޯލްޑް އެތުލެޓިކްސް ރޭންކިންގ ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ނޮވެމްބަރު 20 ގައި ބާއްވާ ދުވުމަށް 5,500 އަށްވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވެއެވެ.

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 – ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި!
19 Oct 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 – ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި!

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ހިލޭ ހުޅުވައިލައިގެން ބާއްވާނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ދެވޭނެއެވެ.