N/A
N/A
ވިޔަފާރި 06 Sep 2026 | 09:35

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސީޑް (ސައިންސް، އެކްސްޕްލޯރ، އެކްޓް އެންޑް ޑިސްކަވަރ) އިނީޝިއޭޓިވް އަކީ ތިމާވެށީގެ ދާއިރާއިން ތައުލީމާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށެވެ.

އެގޮތުން ސިޓިޒެން ސައިންސްގެ ޒަރީއާއިން ކަނޑުގެ މައުލޫމާތު އެއްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށާއި ގުދުރަތީ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަނޑުފަޅުތަކާ ގުޅުންހުރި މުހިންމު ހަރަކާތްތައް ހިންގުމަށް އެ ޖަމިއްޔާއިން ހާއްސަ އިސްކަމެއް ދޭކަމަށް ދިރާގުން ފާހަގަކުރެއެވެ.

މި އެއްބާރުލުމުގެ ދަށުން ސީޑް އިނީޝިއޭޓިވްގެ ހުޅުމާލެ އަރބަން ހަބަށާއި އެކި ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ދިރާގުން ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ދެ ފަރާތް ގުޅިގެން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ މުހިންމުކަމަށް މުޖުތަމައުގެ ސަމާލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ސީޑް އިނީޝިއޭޓިވްގެ ދަށުން ހިންގާ "އިކޯ ގާޑިއަން" ޕްރޮގްރާމްގެ ތެރެއިން ހުޅުމާލެ، ކ. ކާށިދޫ އަދި ބ. ގޮއިދޫގައި ކަނޑުފަޅުތަކާ ބެހޭ ޚާއްޞަ ސެޝަންތަކާއި މޫދުގައި ހިންގާ އަމަލީ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. ދާއިރާގެ މާހިރުންނާއި މެރިން ބައިއޮލޮޖިސްޓުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން ކަނޑުގެ ދިރުންތަކުގެ ނިޒާމާއި، މޫދުވިނަ އާއި ޗަސްބިންތަކުގެ މުހިންމުކަމުގެ އިތުރުން، ދެމެހެއްޓެނިވި އުސޫލުތަކާއި އީކޯސިސްޓަމް އާލާކުރުން ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ދިރާގުން ބުނި ގޮތުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކަނޑުފަޅުގެ މާހައުލާ ބެހޭގޮތުން ހޭލުންތެރިވުމަކީ ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި، މުޖުތަމައުތަކާއި އަދި މުސްތަގުބަލާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ މައިގަނޑު ވަސީލަތަށް ވާތީއެވެ. އެހެންކަމުން ޒުވާނުންނަށް ކަނޑުފަޅުގެ މާހައުލާ ބެހޭ މައުލޫމާތު އުނގަންނައިދީ، އަމަލީ ގޮތުން އެ މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކަނޑުތަކާ މެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

ދިރާގުން އަބަދުވެސް އަންނަނީ ތިމާވެށި ހިމާޔަތްކުރުމަށާއި، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް މުޖުތަމައު ހޭލުންތެރިކުރުވައި ބާރުވެރިކުރުމަށް ހާއްސަ އިސްކަމެއް ދީގެން އެކި މަސައްކަތްތައް ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް
29 Oct 2026 ވިޔަފާރި

މޯލްޑިވްސް އެކްސްޕޯގައި ދިރާގުން، އައިފޯން 18 ޕްރޯ ހިމެނޭހެން އަގުހުރި އިނާމްތަކެއް

މޯލްޑިވްސް އެކްސްޕޯ 2026ގައި ދިރާގުގެ ސްޓޯލުން ޚިދުމަތް ނަގާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯއަކާއި ރިސޯޓު ޗުއްޓީއެއް އަދި ދުވާލު އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
20 Oct 2026 ވިޔަފާރި

މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ހުޅުމާލޭގައި ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށް، ހިލޭ ގޭމިންގ ހަރަކާތްތަކާއި ޚާއްޞަ އޮފަރުތައް ހުށަހަޅާނެ ކަމަށް ބުނެފި.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފި
20 Oct 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވޯލްޑް އެތުލެޓިކްސް ރޭންކިންގ ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ނޮވެމްބަރު 20 ގައި ބާއްވާ ދުވުމަށް 5,500 އަށްވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވެއެވެ.

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 – ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި!
19 Oct 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 – ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި!

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ހިލޭ ހުޅުވައިލައިގެން ބާއްވާނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ދެވޭނެއެވެ.