ދިރާގު މާލެ އޯޕަން 2926 ގެ ތެރެއިން
ދިރާގު މާލެ އޯޕަން 2926 ގެ ތެރެއިން
ވިޔަފާރި 24 Aug 2026 | 09:43

ދިރާގު މާލެ އޯޕަން 2026; 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި!

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.

މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.

މި އަހަރު އަލަށް ތަޢާރަފުކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ވެގެންދިޔައީ ރަޙުމަތްތެރިންނާއި ޢާއިލާ އަދި ފެތުމުގެ ކުލަބުތަކުން ޓީމެއްގެ ގޮތުގައި ގުޅިގެން ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިން ރޭހަކަށެވެ. ތަފާތު ޤާބިލިއްޔަތުގެ ފެތުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލީޓުންނާއި ޕެރެ ސްވިމަރުން ވެސް ކާމިޔާބުކަމާ އެކު ރޭސް ފުރިހަމަކޮށްފައިވެއެވެ.

ރާއްޖޭގައި އޯޕަން ވޯޓާ ފެތުން ކުރިއެރުވުމާއި ކަނޑުގެ ތިމާވެށި ޙިމާޔަތްކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތުން މޫދު ކުޅިވަރުތަކަށް ދިވެހިންގެ މެދުގައި އޮންނަ ޝައުޤުވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މިންވަރު ހާމަވެގެންދިޔައެވެ. ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި އިޖުތިމާޢީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން މި ފަދަ ކުޅިވަރު ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
22 Nov 2026 ވިޔަފާރި

އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން، 2026 ވަނަ އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ "އެލައިޑް އައިފޯން ޑްރޮޕް 2" ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އާ އައިފޯން 18 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ.

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 Nov 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީ.އެމް.ޖީ.ސީ) 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި
17 Nov 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް؛ ކިޓް ދޫކުރުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2026" ގެ ބިބް އެކްސްޕޯ ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ގަރލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުށީގައި ފަށައިފި
09 Nov 2026 ވިޔަފާރި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ގަރލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުށީގައި ފަށައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ ގަރލްސް ޓު ކޯޑް ޕްރޮގްރާމް، އޭއައި ހުނަރުތައް ހިމަނައިގެން ބ. އޭދަފުށީގައި ފަށައިފިއެވެ. މިއީ 15 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ހަތް ހަފުތާގެ ޕްރޮގްރާމެކެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން
05 Nov 2026 ހަބަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި މިފަހަރު 5،600 އަށް ވުރެ ގިނަ ބައިވެރިން

ދިރާގް މޯލްޑިވްސް ރޮޑް ރޭހާ ގުޅޭގޮތުން އެކުންފުނިން މިއަދު ބުނީ، މި އަހަރުގެ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ޖުމްލަ 5،600 އަށް ވުރެ ގިނަ ދުވުންތެރިން މިހާތަނަށް ބައިވެރިވެފައިވާކަމަށެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި ދުވުން އޮންނާނީ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 20 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
04 Nov 2026 ވިޔަފާރި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި ހިންގާ މި ޕްރޮގްރާމާ ބެހޭގޮތުން ދިރާގުން ބުނީ، މިއީ ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށްވާއިރު، މި ޕްރޮގްރާމުން ޒުވާނުންގެ މުސްތަގުބަލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.