އަބަދުވެސް ޖުލައިމަހުގައި ބޭރަށް ހިންގުން އިތުރުވޭ: އެޗްޕީއޭ
ޖުލައިމަހަކީ އާންމު ގޮތެއްގައި ބޭރަށް ހިންގުން އިތުރުވާ މަހެއްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޖުލައިމަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށެވެ. އަދި އެ ބަލި ފެތުރުނަ ނުދިނުމަށް ގިނަ ކަންކަން ކުރެވިދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގޮތުން ފާހާނާކޮށް ނިމިގެންނާއި ނެޕީ ބަދަލުކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން އާދަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނިގޮތުގައި ބޭރަށް ހިންގުމަކީ ތައިފޮއިޑް ބަލީގެ އަލާމާތެއް ކަމުގައިވިޔަސް، އެބަލި ރިޕޯޓްކުރެވެނީ ވަރަށް މަދުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް