ބައެއް ފޯނުތަކަށް ގުޅުމުގައި މިރޭ ދަތިވެދާނެ: އައިޖީއެމްއެޗް
އައިޖީއެމްއެޗުގެ ފޯނުތަކަށް ގުޅުމުގައި މިރޭ ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެގޮތުން، އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިރޭ 12:00އިން 3:00އާ ދެމެދު ކުޑަ ވަގުތު ކޮޅަކަށް އައިޖީއެމްއެޗްގެ ބައެއް ފޯނުތަކަށް ގުޅުމުގައި ދަތިވާނެ ކަމަށާއި، އެއީ ފޯނުގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި މަސައްކަތެއް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ކުރީއްސުރެވެސް ގިނަ މީހުންގެ ފާޑު ކިޔުންތައް އަމާޒުވެފައިވަނީ އެ ހޮސްޕިޓަަލަކީ ސަރުކާރު ހޮސްޕިޓަލަށްވެ ހުރެ، ގިނަ ހިދުމަތްތައް ދިނުމުގައި ލަސްވުންފަދަ ކަންކަން ދިމާވާތީއެވެ. ދާދި ފަހުން އެ ހޮސްޕިޓަލު ތެރެއިން މީދަލެއް ފެނުނު މައްސަލަ ފެންމަތިވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް