ނެދެލެންޑްސް 3-0 ޖަރުމަން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޔުއޭފާ ނޭޝަންސް ލީގުގައި ނެދެލެންޑްސް އަދި ޖަރުމަނުން ބައްދަލުކުރި މެޗު 3-0 އެއްގެ ބޮޑު ތަފާތަކުން ނެދެލެންޑްސް ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
ޖަރުމަނުން ގިނަ ވަގުތު ބޯޅަ ގެންގުޅެ ޖުމްލަ 21 ހަމަލާއެއް ނެދެލެންޑްސް އާއި އިދިކޮޅަށް އުފެއްދި މި މެޗުގައި ފުރަތަމަ ލަނޑު ޖަޙައި ކުރި ހޯދައިފައިވަނީ ނެދެލެންޑްސްއެވެ. އެއީ މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އުފެއްދި ހަމަލާއެއްގައި ޑިފެންޑަރު ވާޖައިލް ވެން ޑައިކް ބޮލުން ގޯލު ތެރެއަށް ވައްދާލި ލަނޑާއެކުއެވެ.
ބޮޑަށް ކައުންޓާ އެޓޭކަށް ވިސްނައިގެން ކުޅުން ނެދެލެންޑްސް އިން އެ ޓީމުގެ ފަހު ދެ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނެޓަށް ވެފައިވަނި ކޮށެވެ.
އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ކުއިންސީ ޕްރޮމެސް ދިން ޕާހަކުން 87 ވަނަ މިނެޓުގައި މެމްފިސް ޑިޕާއީ އަދި 90 ވަނަ މިނެޓުގައި ޖޯޖީނިއޯ ވައިނާލްޑަމްއެވެ.
ނޭޝަންސް ލީގުގައި ދެން ޖަރުމަނުން ކުޅެން އޮތީ ދުނިޔޭގެ ޗެންޕިއަން ފްރާންސްއާއި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް