އިނގުރައިދޫ އާއި ގަން ވާދަކުރި މެޗުގެ ތެރެއިިން
އިނގުރައިދޫ އާއި ގަން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 14 Mar 2023 | 18:22

އިނގުރައިދޫ ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ގަމަށް!

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން ރ.އިނގުރައިދޫ ބަލިކޮށް ލ.ގަން މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު ދެޓީމުގެ ދެ ޓީމުގެ ކީޕަރުންގެ ފަރާތުން މިހާފުގައި މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައިވެއެވެ.

އިނގުރައިދޫގެ ހަލުވި އެޓޭކްތައް ހުއްޓުވުމަށް ގަމުގެ ކުޅުންތެރިންގެ ފަރާތުން ވަރުގަދަ ފިޒިކަލް ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގެ ރެފްރީންގެ ނިންމުންތަކާއި ދެޓީމުގެ ކުޅުންތެރިން ވެސް ހިތްހަމަނުޖެހުންފާޅުކޮށްފައިވެއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ގަމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު އެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ އިނގުރައިދޫ ކީއްޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ އެޓީމުގެ ކުޅުންތެރިއެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި ގަމުން އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައިވާއިރު އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސެއިން ޝަރީފެވެ. މިއީ އެޓީމުގެ ޖުނައިދު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އިނގުރައިދޫ ޓީމުން ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ ދެވަަނަ ހާފުގައި ގަމުގެ ކެޕްޓަން ހުސެއިން ޝަރީފު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގަމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކުރި އަބްދުލް ޖުނައިދުއެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާމިސްއެވެ. މިރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ލިބުނީ އިނގުރައިދޫ އިން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދެއްކި ގަމުގެ ގޯލްކީޕަރު މުހައްމަދު ލުފްޝާން އެވެ.

މިއީ 2018 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލުގައި މާފަންނު އަތުން ބަލިވި ފަހުން ލ.ގަން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް