N/A
N/A
ލައިފްސްޓައިލް 14 Jul 2022 | 16:21

ކޮންމެ ދުވަހަކުވެސް ލުނބޯ ފެން ބޯންވީ މިހެންވެ

ކަރުހިއްކުން ފިލުވައިލުމަށްޓަކައިވެސް ލުނބޯ ފެން ބޮއެ އުޅެންހެއްޔެވެ؟ ތިޔަ ކުރެވެނީ ރަނގަޅު ކަމެކެވެ. ލުނބޯ ފެން ބުއިމަކީ އެކަމުގެ ސަބަބުން ސިއްހީ ގޮތުން ގިނަ ގުނަ ފައިދާތަކެއް ލިބޭކަމެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެެެއެވެ.

ލުނބޯ ފެން ބުއިމަކީ އާންމު ކަމަކަށް ހަދައިގެން، ތިބާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުޑަ ކުޑަ ބަދަލަކާއެކު، ތިބާގެ ސިއްހަތަށް އެދެވޭ ބޮޑު ބަދަލެއް ގެެނެވިދާނެއެވެ.

ލުނބޯގައި ޕޮޓޭސިއަމް ގިނަ މިންވަރަކަށް ހިމެނެއެވެ. މި މާއްދާއާ ނުލާ ތިބާގެ ހަށިގަނޑު "ފަންކްޝަން"އެއް ނުކުރާނެއެވެ. ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށްވެސް ޕޮޓޭސިއަމް މުހިންމެވެ. އެހެންކަމުން ކޮންމެ ދުވަހަކު ލުނބޯ ފެންތައްޓެއް ބޯނަަމަ، ހަށިގަނޑަށް ޕޮޓޭސިއަމް ލިބޭނެއެވެ.

ކިޑްނީގެ ތަފާތު އެކި ބަލިތައް ދިވެހީންގެ ތެރޭގައި އާންމުވަމުން އަންނައިރު، ކިޑްނީގައި ހިލަ އުފެދުމަކީވެސް މިފަދަ އެއް މައްސަލައެވެ. ޑީހައިޑްރޭޓް ވުމަކީ ކިޑްނީ ސްޓޯން އުފެދެން މެދުވެރިވާ އެއް ސަބަބަށްވާއިރު، ލުނބޯ ފެން ބޯނަމަ، ހަށިގަނޑު ހައިޑްރޭޓް ކޮށްދީ، ކިޑްނީ ސްޓޯންއިން ސަލާމަތްވެ ހުރުމަށް އެހީތެރިވެދެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ހެލްތު ލައިން.ކޮމްއިން ނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް