ސިޓީ ކައުންސިލް އާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ކުލަބް މޯލްޑިވްސް
ސިޓީ ކައުންސިލް އާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ކުލަބް މޯލްޑިވްސް
ކުޅިވަރު 14 Oct 2022 | 06:37

މޯލްޑިވިއަން އަތުން ބަލިވެ ސިޓީ ކައުންސިލަށް މުބާރާތް ނިމިއްޖެ

ކުލަބް މޯލްޑިވްސް ކަޕް 2022 ގައި މާލޭ ސިޓީ ކައުންސިލް ކުޅުނު ދެވަނަ މެޗުގައި މޯލްޑިވިއަން އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ބަލިނުވެ ފަރުޖައްސާލަން ސިޓީ ކައުންސިލަށް މަޖުބޫރުވި މި މެޗުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މާލެސިޓީ ކައުންސިލުން ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާ އެކު ސިޓީ ކައުންސިލް ހިމެނޭ ގްރޫޕުން ދެވަނަބުރަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބާއި މޯލްޑިވިއަން އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ހަތް ވަނަ މިނިޓްގައި، މޯލްޑިވިއަން އަށް ލީޑުނަގައިިދިނީ ހުސެއިން އަފްސަލް (އޮޒިލް) އެވެ. މިއީ އިބްރާހިމް ނަދާދު (ކުޑައްޓޭ) ނެގި ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ސިޓީ ކައުންސިލް ކޮޅަށް މޯލްޑިވިއަންގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުގައި ސިޓީ ކައުންސިލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމެވެ. މިއީ އޭރިއާ ރޮނގު ކައިރިން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން މޯލްޑިވިއަން މޮޅަށް ކުޅުނު ނަމަވެސް ސިޓީ ކައުންސިލް ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ ހަމަލާތަކުގެ ހުރަހަކަށް ވީ މޯލްޑިވިއަންގެ ކީޕަރު މުހައްމަދު ސިޔާޒެވެ.

މީގެއިތުރުން ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުން އެމްޓީސީސީ ވަނީ މޮޅުވެފައެވެ. ގްރޫޕް އޭގައި ކުޅުނު މި މެޗު އެމްޓީސީސީ ކާމިޔާބުކުރީ މިފްކޯ އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި މާލެ ސިޓީ ކައުންސިލްގެ ޓީމްގެ ކޯޗުކަން ކޮށްދިނީ ދިވެހި ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ކްލަަބް ޓީނޭޖްގެ ކެޕްޓަން އަހުމަދު މުޙައްމަދު (އަންމަޑޭ) އެވެ.

މާލެ ސިޓީ ކައުންސިލް ޓީމުގެ މީޑީއާ ޕާޓްނަރަކީ ވޮއިސްއެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދެވަނަ މެޗްވެސް ރާއްޖޭގެ މައްޗަށް ފަލަސްތީނުން ކުރި ހޯދައިފި
03 Nov 2026 ކުޅިވަރު

ދެވަނަ މެޗްވެސް ރާއްޖޭގެ މައްޗަށް ފަލަސްތީނުން ކުރި ހޯދައިފި

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފަލަސްތީނު ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން ކައުންސިލްގެ އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
24 Sep 2026 ހަބަރު

ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން ކައުންސިލްގެ އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި

އެންމެފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ރަސްމީ އާއްމު ޖަލްސާގައި ކޮންގްރެސްޕާޓީގެ ކައުންސިލަރު އިބްރާހިމް ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މައިކް...

ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
25 Aug 2026 ހަބަރު

ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި

ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް މިރޭގެ ނިޔަލަށް ނެގުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ. އެ ކައުންސިލުން އިއްޔެ ނެރުނު އ...

ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކުރާ ތަނެއް، މައްސަލަ އެމްއެފްޑީއޭއަށް
19 Aug 2026 ހަބަރު

ވިލިމާލޭގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކުރާ ތަނެއް، މައްސަލަ އެމްއެފްޑީއޭއަށް

ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކޮށް ގެންގުޅޭ މައްސަލަ ފާހަގަކުރެވިގެން، އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސް ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައު...

މާލެސިޓީ ކައުންސިލުން ކުނި ފީގެ ގޮތުގައި 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ
13 Aug 2026 ހަބަރު

މާލެސިޓީ ކައުންސިލުން ކުނި ފީގެ ގޮތުގައި 116.4 މިލިއަން ރުފިޔާ ނުދީ އެބައޮތް: ވެމްކޯ

މާލެ ސިޓީ ކައުންސިލުން ހިދުމަތް ހޯދާފައި ވެމްކޯއަށް ދޭންޖެހޭ ފައިސާގެ އަދަދު 116.4 މިލިއަން ރުފިޔާއަށް އަރާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިތެޑް، ވެމްކޯއިން ހާމަކޮށްފިއެވެ. ވެމްކޯއިން މާލެސިޓ...