ހުޅުމާލޭ ސަހަރާ.. ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހުޅުމާލޭ ސަހަރާ.. ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު 24 Oct 2026 | 07:51

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

ވިއްސާރަ އާ ގުޅިގެން ހުޅުމާލޭ ސަހަރާގައި ކޮންނަ ވަޅުތަކުގައި ފެން ހަރުލާފައި ހުންނާތީވެ، އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅިގެން މާލެސިޓީ ކައުންސިލުން ބުނީ ހުޅުމާލޭ ސަރަހާގައި މައްޔިތުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައި، މާލޭ އާސަހަރާއަށް ބަދަލުކޮށްފައިވާކަމަށެވެ. މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ.

ވިއްސާރައާ ގުޅިގެން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް، ފެންފަށަލަ އުފުލި ވަޅުތަކުގައި ފެން ހެދުމުގެ ސަބަބުން ސަންދޯއް ބޭއްވުމަށް ދަތިވެ، ޖަނާޒާގެ ކަންކަން އާސަހަރާއަށް ބަދަލުކުރަން ޖެހުނެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުރި ވިއްސާރައިގައިވެސް މިފަދަ ހާލަތެއް މެދުވެރިވެގެން ފެންގަނޑު ހިނދެންދެން ވަޅުލުމުގެ ކަންކަން އާސަހަރާއަށް ބަދަލުކުރަން ޖެހުނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު
24 Oct 2026 ހަބަރު

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް
24 Oct 2026 ހަބަރު

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް

މާލީ ވުޒާރާއިން ނެރެ އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯތްގައި ވާގޮތުން ސަވަރިން ފަންޑަށް މިހިނގާ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.72 ބިލިއަން ރުފިޔާ ޖަމާކޮށްފައި އެބަހުއްޓެވެ.

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި
24 Oct 2026 ހަބަރު

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި

14 ހަފުތާ ދެމިގެންދާ މި ތަމްރީނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 288 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ. އެމީހުން ނިސްބަތްވަނީ 20 އަތޮޅުގެ 125 ރަށަކަށެވެ. ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 
23 Oct 2026 ހަބަރު

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 

މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫ ގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ، އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން
23 Oct 2026 ހަބަރު

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން

އެންމެ ބޮޑަށް ފެންބޮޑުވީ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ އެވެ.

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ
23 Oct 2026 ހަބަރު

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ

. އެ އަމުރު ނެރުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.