ދިރާގު ގޭމަރސް ގިލްޑަށް ސައިންއަޕް ކޮށްގެން އައިފޯން 18 ޕްރޯ މެކްސް ހޯދުމުގެ ފުރުސަތު
ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ) ގެ މެންބަރަކަށް ވެ ޕްރޮފައިލް ވެރިފައިކޮށްގެން ގުރުއަތުން އައިފޯން 18 ޕްރޯ މެކްސްގެ ބާގަންޑީ ކުލައިގެ ފޯނެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ޑީޖީޖީގެ ވެބްސައިޓު މެދުވެރިކޮށް ސައިންއަޕް ކުރުމަށްފަހު ޕްރޮފައިލް ވެރިފައިކުރަންޖެހެއެވެ. އެ މުއްދަތު ހަމަވުމުން ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް މި ފޯނު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ޑީޖީޖީ އަކީ ފޯނެއް ހޯދުމުގެ ފުރުސަތެއް އެކަނި ނޫން ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގޭމިން މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ފައިސާގެ އިނާމުތައް ހޯދުމުގެ މަގުވެސް މި ޕްލެޓްފޯމުން ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ގޭމިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ހުނަރު ތަރައްޤީކޮށް ދައްކައިލެވޭނެ ފުރުސަތުތައް މި މުބާރާތްތަކާއި ހަރަކާތްތައް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ދަނީ ދިވެހި ގޭމިން މުޖުތަމަޢަށް ޚާއްޞަ ވާދަވެރި މުބާރާތްތައް ބާއްވައި، ކުޅުންތެރިންގެ ހުނަރު ދައްކައިލެވޭނެ ޕްލެޓްފޯމްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް