ސިނަމާލެ ބްރިޖާއި ދިމާލުން ކަނޑުމަތިން އޮޔާ ދިޔަ މީހެއް ސަލާމަތްކޮށްފި
ސިނަމާލެ ބްރިޖާއި ދިމާލުން އޮޔާ ދިޔަ މީހެއް ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް 12:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި މީހާ މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މީހާގެ ވަނަވަރު ވެސް އަދި އިތުރު މައުލޫމާތެއްވެސް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް