10 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަންނަ ހުކުރު ދުވަހު ފަށަނީ!
10 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި 22 ޓީމަކުން ވަނީ ބައިވެރިވެފައިވެއެވެ.
2023 މާރޗް 17 އިން 19 އަށް ހުޅުމާލޭ ޓްރެކް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 315 އެތްލީޓުން ވާދަކުރާ އިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އިތުރުން އޯޕަން އަންހެން އަދި ފިރިހެން ކެޓަގަރީއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް