ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި އުރިދޫ މޯލްޑިވްސް ގެ ބްރޭންޑް މެނޭޖަރު މަރިޔަމް ފަލަކް
ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އަދި އުރިދޫ މޯލްޑިވްސް ގެ ބްރޭންޑް މެނޭޖަރު މަރިޔަމް ފަލަކް
ކުޅިވަރު 15 May 2023 | 11:31

ރިސޯޓް ލީގު 2023 ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް އުރިދޫ މޯލްޑިވްސް!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް އުރިދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެލެއްވީ ބްރޭންޑް މެނޭޖަރު މަރިޔަމް ފަލަކް އެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން އުރިދޫ މޯލްޑިވްސްގެ ފަރާތުން ބްރޭންޑް މެނޭޖަރު މަރިޔަމް ފަލަކް ވިދާޅުވީ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރިދޫ މޯލްޑިވްސް އިން ޖޮއިންކުރި މައިގަނޑު ސަބަބަކީ މިއީ ރާއްޖޭގެ ރިސޯޓް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތަށްވުމުގެ އިތުރުން ފުޓްސަލް އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލް އެއް ކުޅިވަރަށްވާތީ، މި މުބާރާތުގެ ތެރެއިން މިދާއިރާގައި މަސައްކަތްކުރާ ފަރާތަކާއި ގުޅުން ބަދަހި ކުރުމެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތަކީ 2013 ވަނަ އަހަރު ބާއްވަން ފެއްޓުނު މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 52 ޓީމު ބައިވެރިވި އިރު، ޖުމްލަ 101 މެޗު ވަނީ ކުޅެވިފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވަނީ ސޯޝަލް މީޑިއާގައި ލައިވް ސްޓްރީމް ކުރެވިފައެވެ. އަދި މި މުބާރާތުގައި ރާއްޖެ ބޮޑިތި ހުރިހާ ރިސޯޓަކުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ކުޅުން، ވަން އެންޑް އޮންލީ ރީތިރަށުގައި މިއަދު ފެށިގެން ކުރިއަށް ދާއިރު، މި މުބާރާތް ހަތަރު މަސް ދުވަހަށް ދިގުދެމިގެންދާއެވެ. އަދި 8 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައި ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރިސޯޓެއްގައެވެ.

މި އަހަރުގެ މުބާރާތުގައި ވެސް 100 އަށްވުރެ ގިނަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއް ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް މުބާރާތުގެ މެޗުތަކުގެ މެން އޮފް ދަ މެޗަށް ހޮވޭ ފަރާތަކަށް އެވޯޑްގެ އިތުރުން ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި
11 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސ...

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި
06 Nov 2023 ކުޅިވަރު

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ސެމީ ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލް...

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް
04 Nov 2023 ކުޅިވަރު

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ދެވަަނަ ލެގުގައި ...

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް
02 Nov 2023 ކުޅިވަރު

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ފުރަތަަމަ ލެގުގައ...

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
01 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ދެވަަނަ ލެގުގައި މި...

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
29 Oct 2023 ކުޅިވަރު

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ފުރަތަަމަ ލެގުގައި ...