ހާޑްރޮކްގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ހާޑްރޮކްގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 15 Oct 2023 | 04:04

ޒަާހީގެ ހެޓްރިކާއެކު ބޮލިފުށި ބަލިކޮށް ހާޑްރޮކް ސެމީއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި މިއަދުގެ ހަވީރު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އޮޒެން ރިޒާވް ބޮލިފުށި ބަލިކޮށް ހާޑްރޮކް ހޮޓެލް މޯލްޑިވްސް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބޮލިފުށިން މުބާރަތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސީގެ ޕްލޭއޮފްގައި 7-4 ގެ ނަތީޖާއަކުން ފިހަޅޮހި އައިލެންޑް ރިސޯޓް ބަލިކުރުމަށްފަހު އެވެ. އަދި ހާޑްރޮކް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބޮލިފުށިން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިބްރާހިމް ނިޔާޒު އެވެ. މިއީ ހާޑްރޮކް ހާފު މެދެންހާ ހިސާބު އަރިމަތިން ލިބުނު ޖެހުމެއްގައި އެޓީމުގެ އިބްރާހިމް ސައީދު ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބޮލިފުށި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ހާޑްރޮކް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 30 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒާހީ އެވެ.

މިއީ ބޮލިފުށީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޒާހީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ބޮލިފުށިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އިރުފާން އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ހާޑްރޮކްގެ ޒާހީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ހާޑްރޮކް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހާޑްރޮކްގެ އިބްރާހިމް ޒާހީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި
11 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސ...

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި
06 Nov 2023 ކުޅިވަރު

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ސެމީ ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލް...

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް
04 Nov 2023 ކުޅިވަރު

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ދެވަަނަ ލެގުގައި ...

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް
02 Nov 2023 ކުޅިވަރު

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ފުރަތަަމަ ލެގުގައ...

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
01 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ދެވަަނަ ލެގުގައި މި...

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
29 Oct 2023 ކުޅިވަރު

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ފުރަތަަމަ ލެގުގައި ...